ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

"އިންޑިއާ - މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް"ގެ ވަފުދާ ދިފާޢީ ވަޒީރު ބައްދަލުކުރައްވައިފި

06 އޮކްޓޯބަރު 2025

ކޮންމެ އަހަރަކު އޮންނަ "އިންޑިއާ - މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް"ގެ ވަފުދާ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ބައްދަލުކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި ބޭއްވި މިބައްދަލުވުމުގައި، ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދު ޤައިމްކޮށްފައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ވަފުދުގެ އިސްވެރިއަކަށް ހުންނެވީ އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ރާޖޭޝް ކުމާރު ސިންގއެވެ. އަދި މި ވަފުދުގައި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، އިންޑިއާގެ އަސްކަރިއްޔާގެ އިސްބޭފުޅުންނާއި އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސްބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.