ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ރައީސުލްޖުމްހޫރިއްޔާ އާއި އިންޑިއާގެ ބޮޑުވަޒީރު ދޮށިމޭނާ ބިލްޑިންގ ހުޅުއްވައިދެއްވައިފި

25 ޖުލައި 2025

ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ދިފާޢީ ވުޒާރާގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގ ހުޅުއްވައިދެއްވައިފިއެވެ.

ދޮށިމޭނާ ބިލްޑިންގ ހުޅުވުމުގެ ރަސްމިއްޔާތުގައިބައިވެރިވެ ވަޑައިގަތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އެ ސަރަޙައްދަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުޙަބާ ވިދާޅުވީ ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. 

ދިފާޢީ ވުޒާރާގެ އައު އިމާރާތް، ދޮށިމޭނާ ބިލްޑިންގ އިފްތިތާހު ކުރުމުގެ ކުރިން ވަނީ އައު އިމާރާތް ދައްކުވައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާލާފައެވެ.

އެއަށްފަހު ދެ ބޭފުޅުން ވަނީ އެ އިމާރާތް ހުޅުއްވައިދެއްވާ، އިމާރާތް ބައްލަވާލައްވާފައެވެ.

އެންމެ ޒަމާނީ މި އިމާރާތަކީ، އިންޑިއާ ސަރުކާރާއި އިންޑިއާގެ ރައްޔިތުންގެ ދީލާތި އެހީގައި ބިނާކޮށްފައިވާ، ދެ ޤައުމުގެ ރަޙްމަތްތެރިކަމާއި ގާތް ގުޅުން ރަމްޒުކޮށްދޭ އިމާރާތެކެވެ. އަދި މި އިމާރާތް ބިނާވެގެންދިއުމަކީ ދެޤައުމު ގުޅިގެން މި ސަރަޙައްދުގެ ހަމަޖެހުމާއި، ސަލާމަތާ އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދޭ އެއްބާރުލުން ދައްކުވައިދޭ މުހިންމު ރަމްޒަކަށެވެ.