ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ގަދަ ވިއްސާރައިން ރައްކާތެރިވުމަށް ޓާސްކްފޯސް އެކުލަވާލައި ޖޮއިންޓް އޮޕެރޭޝަން ފަށައިފި

13 ޖެނުއަރީ 2025

ރާއްޖެއަށް ކުރިއަށް އޮތް ދުވަސްތަކުގައި ވިއްސާރަވެ، މޫސުން ވަރަށް ގޯސްވާނެ ކަމަށް ލަފާކޮށްފައި ވާތީ، އަދި ވިއްސާރާގައި ލިބިދާނެ ގެއްލުންތަކުން ރައްކާތެރިވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން މިކަމާގުޅޭ ޓާސްކްފޯހެއް އެކުލަވާލައި މިއަދު ޖޮއިންޓް އޮޕަރޭޝަނެއް ފަށައިފިއެވެ.

 

މުޅި ރާއްޖޭގައި ފަށާ މި އޮޕަރޭޝަނުގައި ހަރަކާތްތެރިވާނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއެވެ.

 

މި އޮޕަރޭޝަން ފެށުމުގެ ގޮތުން މިއަދު ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް ޢާއިޝަތު ޞަފޫރާއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ޙިސާން ޙަސަންގެ އިތުރުން މި އޮޕަރޭޝަންގައި ބައިވެރިވާ އިދާރާތަކުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަތެވެ.