ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ކަނޑު އުޅަނދެއްގެ ކުޑަ ދޮރުތައް ބަދަލުކުރުމަށް އައު ދޮރުތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

29 އޯގަސްޓު 2024

މުއްދަތު ހަމަވެފައި

ކަނޑު އުޅަނދެއްގެ ކުޑަ ދޮރުތައް ބަދަލުކުރުމަށް އައު ދޮރުތަކެއް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މިކަމަށް، މީގެ ކުރިން ކުރި މި ވުޒާރާގެ ނަންބަރު (IUL)28-FA-1/1/2024/134 އިޢުލާނުގައި ކުޑަދޮރުތައް ސަޕްލައިކޮށްދިނުމަށްފަހު އެ ދޮރުތައް އެ އުޅަނދުގައި ހަރުކޮށްދިނުމަކީ ކޮންޓްރެކްޓަރުގެ ޒިންމާއެއް ކަމަށް ޖެހިފައިވަނީ އޮޅުމަކުންނެވެ. ވީމާ، އެ އިޢުލާން ބާޠިލްކޮށް އަލުން މިކަމަށް އިޢުލާން ކުރީމެވެ. އަދި މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް މީގެ ކުރިން ކުރި މި ވުޒާރާގެ ނަންބަރު (IUL)28-FA-1/1/2024/76 އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީހިސާބުތައް އެކަށީގެންވާ ނުވާތީ އެ އަންދާސީހިސާބުތައް ވެސް ވަނީ ބާޠިލްކޮށްފައެވެ.

މި މަސައްކަތާއި ގުޅޭ އިޞްލާޚްކުރެވުނު މަޢުލޫމާތު ޝީޓް މި އިޢުލާނާއެކު ޝާޢިއުކޮށްފައިވާނެއެވެ. މި މަޢުލޫމާތު ޝީޓަށް އެއްވެސް ބަދަލެއް މި ވުޒާރާގެ ފަރާތުން ގެންނަނަމަ އެ ބަދަލެއް ހިމެނޭ މަޢުލޫމާތު ޝީޓް މި ވުޒާރާގެ ވެބްސައިޓްގައި ޝާޢިއުކުރެވޭނެއެވެ. ވީމާ، މި އިޢުލާނައި ގުޅިގެން އަންދާސީހިސާބު ހުށަހެޅުއްވުމުގެ ކުރިން، މި ކަމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު މި ވެބްސައިޓް މެދުވެރިކޮށް ހޯއްދެވުންއެދެމެވެ. މި މަސައްކަތާއި ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް އޮޅުންފިލުއްވުމަށް ބޭނުންފުޅުވާނަމަ ތިރީގައިވާ އީމެއިލް އެޑްރެހަށް ލިޔުމުން ފޮނުއްވައިދެއްވުންއެދެމެވެ. 

މި ކަމަށް އަންދާސީހިސާބު ހުށަހަޅުއްވާނީ 11 ސެޕްޓެމްބަރ 2024 ވަނަ ދުވަހުގެ 11:00 އަށް މި ވުޒާރާ އަށް ހާޟިރުވެއެވެ. އަންދާސީހިސާބާއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 450.00ރ (ހަތަރު ސަތޭކަ ފަންސާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅުއްވަން ޖެހޭނެއެވެ. ބިޑް ސެކުރިޓީގެ މުއްދަތަކީ 11 ސެޕްޓެމްބަރ 2024 ވަނަ ދުވަހުން ފަށައިގެން 90 (ނުވަދިހަ) ދުވަހެވެ. ބިޑް ސެކިއުރިޓީ އާއި ގުޅޭ އިތުރު މަޢުލޫމާތު މިކަމަށް ތައްޔާރުކޮށްފައިވާ މަޢުލޫމާތު ޝީޓްގައި ހިމަނާފައިވާނެއެވެ.

 

  • އީމެއިލް އެޑްރެސް: [email protected] 
  • ފޯން: 3327881 (ރަސްމީ ދުވަސް ދުވަހު 09:00 – 13:00)
  • ވެބްސައިޓް: https://bit.ly/3m9zDGW
އެންޓްރީ ތަފްސީލް

ނަންބަރ: (IUL)28-FA-1/1/2024/141

ތާރީހް: 29 އޯގަސްޓް 2024 - 11:11

ހުށަހަލާ ތާރީހް: 11 ސެޕްޓެމްބަރ 2024 - 11:00

އަލުން އިޢުލާން ކުރެވިފައި