ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
· ތެޔޮ އުފުލާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ހޯދުމަށް ހުށަހަޅުއްވާނަމަ، މިނިސްޓްރީގެ ވެބްސައިޓްގައިވާ "ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި، ގުދަން ކުރުމާއި، އުފުލުމުގެ ހުއްދައަށް އެދޭފޯމް" ފުރިހަމަ ކުރެއްވުމަށްފަހު ހުށަހަޅުއްވާނީ [email protected] އަށެވެ.
· ޕެޓްރޯލް އުފުލާ އެއްގަމުގެ އުޅަނދެއްނަމަ، އެ އުޅަނދު ވާންޖެހޭނީ، ޕެޓްރޯލް އުފުލުމަށް ޚާއްޞަކޮށް ހަދާފައިވާ ބައުޒަރަކަށެވެ. އެހެން ބާވަތެއްގެ ތެޔޮ އުފުލާ އުޅަނދެއްނަމަ، އެ އުޅަނދުގެ ސަލާމަތީ ކަންކަން ބެލުމަށްފަހު ލިޔުން ދޫކުރެވޭނެއެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
"ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި، ގުދަން ކުރުމާއި، އުފުލުމުގެ ހުއްދައަށް އެދޭފޯމް"
ިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 10 ދުވަސް
ޙިދުމަތް ދިނުމުގެ ކަންކަން ކުރިއަށްދާނެ ގޮތުގެ މަރުހަލާތައް
1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.
2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން.
3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން އުޅަނދު ޗެކް ކުރުމަށް ފޮނުވުން.
4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.
5. މިނިސްޓްރީ އިން ޖަވާބު / ލިޔުން ދިނުން.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.