ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

އަލިފާނުން ރައްކާތެރިވުމުގެ މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން

މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓުގައިވާ "އަލިފާނުން ރައްކާތެރިވުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު [email protected] އީ-މެއިލަށެވެ. 

ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރައްވާ، ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން. 

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، އަމިއްލަ ފަރުދުން.

އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ގުޅުއްވުން އެދެމެވެ.