ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
ރާއްޖޭގެ އެއްވެސް ސަރަޙައްދެއްގައި ޑްރޯން އޮޕަރޭޓްކުރައްވަން ބޭނުންވާނަމަ، ޑްރޯން އުދުއްސުމަށް ބޭނުންވާ ތާރީޚުގެ 03 ދުވަސް ކުރިންއެކަމަށްއެދި އީ-ފާސް ބޭނުންކޮށްގެން ވަން ގަވް ޕޯޓަލް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
ޑްރޯން އަރުވާ ސަރަހައްދު އެނގޭނެ ޗާޓަކާއި ޑްރޯންގެ ސްޕެސިފިކޭޝަން
ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 03 ދުވަސް.
ޚިދުމަތް ދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް
1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.
2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން.
3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.
4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.
5. މިނިސްޓްރީ އިން ހުއްދަ / ޖަވާބު ދިނުން.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7522601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.