ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
މިޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓްގައިވާ "ފަޔަރ ވަރކްސްގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުމުގެ ހުއްދަ އަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު [email protected] އަށެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
އެތަކެއްޗަކީ ބޯޓްފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ކޮންމެހެން ހުންނަންޖެހޭ އެއްޗެއްކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ، އެ އޮތޯރިޓީން ދޫކުރާ ލިޔުން.
ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 07 ދުވަސް.
ޚިދުމަތްދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް
އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.
2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން.
3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.
4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.
5. މިނިސްޓްރީ އިން ޖަވާބު ދިނުން.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.