ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
ކެމިކަލް އިމްޕޯޓް ކުރުމަށް އެދެންވާނީ 'މަކުޑި' ޕޯޓަލް މެދުވެރިކޮށެވެ. ކެމިކަލް އެތެރެކުރުމުގެ ހުއްދަ ދޫކުރެވޭނީ، ކެމިކަލް ރައްކާކުރާ ގުދަން ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ތިންވަނަ ފަރާތެއްގެ ގުދަނުގައި ކެމިކަލް ރައްކާކުރާނަމަ، ގުދަނުގެ ވެރިފަރާތުގެ އިއުތިރާޒެއް ނެތް ސިޓީއާއި މިނިސްޓްރީގެ ވެބްސައިޓުގައިވާ 'ކެމިކަލް އިމްޕޯޓް ކުރުމުގެ ހުއްދައަށް އެދޭ ފޯމު' އީމެއިލް މެދުވެރިކޮށް [email protected] އީ-މެއިލްއަށް ހުށަހަޅަންވާނެއެވެ. ރާއްޖެއަށް އެތެރެކުރާއިރު ހުއްދަ ނަގަން ނުޖެހޭ ކެމިކަލްތަކުގެ ލިސްޓު މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކުރެވިފައި ހުންނާނެއެވެ. އަދި، މި މަޢުލޫމާތު މަކުޑި މެދުވެރިކޮށް ބެލެން ހުންނާނެއެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
އިމްޕޯޓްކުރާ ކެމިކަލްތަކުގެ މެޓީރިއަލް ސޭފްޓީ ޑޭޓާ ޝީޓާއި އިންވޮއިސް
ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 06 ދުވަސް
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ގުޅުއްވުން އެދެމެވެ.