ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ހަވާ އެރުވުމަށް ނުވަތަ ބަޑިބޭހުގެ ކުޅިވަރު ބޭއްވުމަށްޓަކައި އެތެރެކުރާ ތަކެތި އެތެރެކުރުމުގެ ކުރިން

މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓުގައިވާ "ފަޔަރ ވޯކްސްގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު [email protected] އީ-މެއިލަށެވެ. މިތަކެތި އެތެރެކުރުމަށް ހުއްދަ ދެވޭނީ، ވަގުތާއި ހާލަތަށް ބެލުމަށްފަހު މިނިސްޓްރީން ކަނޑައަޅާ ފަރާތްތަކަށެވެ.

"ފަޔަރ ވޯކްސްގެ ބާވަތްތައް އެތެރެކުރުމާއި ބޭނުންކުރުމުގެ ހުއްދައަށް އެދޭ ފޯމް"

1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.

2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން. 

3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.

4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.

5. މިނިސްޓްރީ އިން ޖަވާބު ދިނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.