ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

އަލިފާން ނިވާ ނިޒާމުތައް ޤާއިމުކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ހުއްދަ ދިނުން

މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓުގައިވާ "އަލިފާނުން ރައްކާތެރިވުމުގެ މަސައްކަތްކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު [email protected]  އީމެއިލަށެވެ. 

މަސައްކަތްކުރުމުގެ ދާއިރާއިން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ތަޖުރިބާއާ ގުޅޭ ލިޔުންތައް

1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.

2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން. 

3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.

4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.

5. މިނިސްޓްރީ އިން ހުއްދަ / ޖަވާބު ދިނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.