ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
ރާއްޖެ އަންނަ ބޯޓުފަހަރުގެ ސަލާމަތަށް ބޭނުންކުރާ ހަތިޔާރު ގެނައުމުގެ ހުއްދަ އާއި ގުޅޭ ލޯކަލް ކޯޑިނޭޓިންގ އޭޖެންޓްކަމުގެ ހުއްދަ ހޯދުން/ ހުއްދަ އައުކުރުމަށް އެދި، "ލޯކަލް ކޯޑިނޭޓިންގ އޭޖެންޓް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" ހުށަހަޅުއްވާނީ މިނިސްޓްރީގެ ރިސެޕްޝަނަށެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
"ލޯކަލް ކޯޑިނޭޓިންގ އޭޖެންޓް ރަޖިސްޓްރީކުރުމަށް އެދޭ ފޯމު" އަދި ކުންފުނީގެ ޕްރޮފައިލް، ކުށުގެ ރެކޯޑް އަދި ޕޮލިސް ރިޕޯޓް.
ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
މިފޯމާ ގުޅިގެން ބެކްގްރައުންޑް އެސެސްމަންޓް ހެދުމަށްފަހު 14-21 ދުވަހުގެ ތެރޭގައި
ޚިދުމަތްދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް
1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.
2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން.
3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.
4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.
5. މިނިސްޓްރީ އިން ޖަވާބު ދިނުން.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.