ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ރާއްޖެ އަންނަ ބޯޓުފަހަރުގެ ސަލާމަތަށް ބޭނުންކުރާ ހަތިޔާރު ގެނައުމުގެ ހުއްދަ ހޯދުމަށް ލޯކަލް ކޯޑިނޭޓިންގ އޭޖެންޓް (އެލް.ސީ.އޭ) ގެ ފަރާތުން ހުށަހެޅުން

 ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ ސަލާމަތަށް ބޭނުންކުރާ ހަތިޔާރު ގެނައުމުގެހުއްދަ އަށް އެދި، ޓީ.އެފް.އޭ ފޯމް 1، 2، 3 ފުރިހަމަކުރެއްވުމަށްފަހު (ވެޕަން ލައިސަންސް އަދި އެންޑް ޔޫޒަރ ސެޓްފިކެޓް) އާއެކު ހުށަހަޅުއްވާނީ މިނިސްޓްރީގެ ރިސެޕްޝަނަށެވެ.

ކަނޑުމަގުން ހަތިޔާރު އެތެރެކުރުމަށް 15000 ރުފިޔާ

ކަނޑުމަގުން ހަތިޔާރު ބޭރުކުރުން 15000 ރުފިޔާ

ވައިގެމަގުން ހަތިޔާރު އެތެރެކުރުމަށް 2500 ރުފިޔާ

ވައިގެމަގުން ހަތިޔާރު ބޭރުކުރުމަށް 2500 ރުފިޔާ

ހަތިޔާރު އެމް.އެން.ޑީ.އެފްގެ އާމަރީގައި ސްޓޯރ ކުރުން ކޮންމެ މަހަކަށް 12000 ރުފިޔާ

ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ ސަލާމަތަށް ބޭނުންކުރާ ހަތިޔާރު ގެނައުމުގެހުއްދަ އަށް އެދި، ޓީ.އެފް.އޭ ފޯމް 1، 2، 3

1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.

2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން. 

3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.

4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.

5. މިނިސްޓްރީ އިން ޖަވާބު ދިނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.