ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
ތެލުގެ ވިޔަފާރި ކުރުމަށްޓަކައި ތެޔޮ ރައްކާކުރުމަށް ހަދާ ތަނުގެ ކުރެހުން ފާސްކުރުމަށް ހުށަހަޅުއްވާނަމަ، އެކަމަށް އެދި ސިޓީއަކާއެކު ކުރެހުން ހުށަހަޅުއްވަންވާނެއެވެ. އަދި މި ކުރެހުމުގައި އެތަނުގައި ޤާއިމްކުރާ ފަޔަރ ސޭފްޓީ ސިސްޓަމްތައް ފާހަގަކޮށް، ތެޔޮ ރައްކާކުރާ ތާނގީތަކުގެ ކެޕޭސިޓީ އެނގެން ހުންނަންވާނެއެވެ. ތެޔޮ ތެޔޮ ރައްކާކުރުމަށް ހަދާ ތަން ނިމި، އެތަނުގައި ތެޔޮ ސްޓޯރކޮށް ވިއްކުމުގެ ހުއްދައަށްއެދި ހުށަހަޅުއްވާނަމަ، މިނިސްޓްރީގެ ވެބްސައިޓްގައިވާ "ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި، ގުދަން ކުރުމާއި، އުފުލުމުގެ ހުއްދައަށް އެދޭ ފޯމް" ހުށަހަޅުއްވަންވާނެއެވެ. މިދެންނެވި ޚިދުމަތްތަކަށް އެދި ހުށަހަޅުއްވާނީ [[email protected]] އީ-މެއިލަށެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
ތެޔޮ ރައްކާކުރުމަށް ހަދާ ތަނުގެ ކުރެހުން / "ތެލުގެ ބާވަތްތަކުގެ ވިޔަފާރި ކުރުމާއި، ގުދަން ކުރުމާއި، އުފުލުމުގެ ހުއްދައަށް އެދޭ ފޯމް" ގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް.
ޚިދުމަތް ފޯރުކޮށްދިނުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 10 ދުވަސް.
ނޯޓް: ހުއްދަދެވެނީ އެތަނެއް ޗެކް ކުރުމަށްފަހު ކަމަށްވާތީ، އަތޮޅު ތެރޭގައިނަމަ އިތުރު ވަގުތު ނަގާނެއެވެ.
ޚިދުމަތްދިނުމުގެ ކަންކަން ކުރިއަށްދާގޮތުގެ މަރުޙަލާތައް
1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.
2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން.
3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން ބަލަންޖެހޭ ކަންކަން ބެލުމަށް ފޮނުވުން.
4. އެމް.އެން.ޑީ.އެފް އިން ޗެކްކޮށް ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.
5. މިނިސްޓްރީ އިން ޖަވާބު / ލިޔުން ދިނުން.
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.