ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ ކުރެހުން ފާސްކޮށްދިނުމަށް އެދި ހުށަހަޅުއްވާނީ ސިޓީއަކުންނެވެ. އަދި ސިޓީއާއެކު ފަޔަރ ސޭފްޓީ ސިސްޓަމްތައް ފާހަގަކޮށްފައިވާ ކުރެހުން ހުށަހަޅުއްވަން ވާނެއެވެ. ރިޒޯޓެއްގައިނަމަ، މިކަންކަމަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށެވެ. ފަޔަރ ސޭފްޓީ ސިސްޓަމްތައް ޗެކްކުރަން ހުށަހަޅުއްވާނަމަ، އިމާރާތާއި، ޗެކްކުރަން ބޭނުންވާ ސިސްޓަމްތަކުގެ މަޢުލޫމާތާއެކު ހުށަހަޅުއްވަން ވާނެއެވެ. މިދެންނެވި ޚިދުމަތްތަކަށް އެދި ހުށަހަޅުއްވާނީ [[email protected]] އީ-މެއިލަށެވެ.
ޝަރުތު
ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު ގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހެޅުއްވުން.
ޚިދުމަތަށް އެދެވޭނީ ކާކަށް؟
ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، އަމިއްލަ ފަރުދުން.
ޚިދުމަތަށް އެދެވޭނީ ކޮންތާކުން؟
މިނިސްޓްރީ އޮފް ޑިފެންސް
އިތުރު މަޢުލޫމާތު
އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ގުޅުއްވުން އެދެމެވެ.
ޚިދުމަތް ހޯދުމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް
އިމާރާތާއި ފަޔަރ ސޭފްޓީ ސިސްޓަމްގެ މަޢުލޫމާތު
ޚިދުމަތް ނިންމުމަށް ހޭދަވާނެ މުއްދަތު
ރަސްމީ މަސައްކަތު 7 ދުވަސް