ޚިދުމަތަށް އެދޭނެ ގޮތުގެ އިރުޝާދު
މި ޚިދުމަތަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީގެ ވެބްސައިޓުގައިވާ "ފްލެއަރ އެތެރެކުރުމުގެ ހުއްދައަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު [email protected] އީ-މެއިލަށެވެ. އަދި ފޯމް ހުށަހަޅުއްވާއިރު، ހުއްދައަށް އެދި ހުށަހަޅުއްވާ ތަކެއްޗަކީ، އެ ބޯޓެއްގައި ހުންނަންޖެހޭ ތަކެތި ކަމަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުން ކަނޑައަޅުއްވާ، އެ މިނިސްޓްރީން ދީފައިވާ ހުއްދަ ފޯމާއެކު ހުށަހަޅުއްވަން ވާނެއެވެ.
ޝަރުތު
ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކޮށް، ފޯމުގައި ބަޔާންކުރާ ލިޔުންތަކާއި، ޓްރާންސްޕޯޓްގެ ހުއްދައާއެކު ހުށަހެޅުއްވުން.