ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ފަޔަރ ސޭފްޓީ ސިސްޓަމްތަކުގެ އިންސްޕެކްޝަން ހެދުން

ފަޔަރ ސޭފްޓީ ސިސްޓަމްތައް ޤާއިމްކޮށް ނިމި އެސިސްޓަމްތައް ޗެކްކުރަން ހުށަހަޅުއްވާނަމަ، އެއީ ކޮން އިމާރާތެއްކަމާއި، ޗެކްކުރަން ބޭނުންވާ ސިސްޓަމްތަކުގެ މަޢުލޫމާތާއެކު ހުށަހަޅުއްވަން ވާނެއެވެ. މިދެންނެވި ޚިދުމަތްތަކަށް އެދި ހުށަހަޅުއްވާނީ [[email protected]] އީ-މެއިލަށެވެ.

ތަން/ ޢިމާރާތުގެ މަޢުލޫމާތު އަދި ޗެކް ކުރަން ބޭނުންވާ ސިސްޓަމްތަކުގެ މަޢުލޫމާތު.

1. އެޕްލިކޭޝަން ހުށަހެޅުމުން، މަޢުލޫމާތާއި ޑޮކިއުމަންޓްތައް ހަމައަށް ހުރިތޯ ބެލުން.

2. ހަމައަށް ނެތްނަމަ، އަލުން ހުށަހެޅުމަށް ކަސްޓަމަރަށް އެންގުން. 

3. ހަމައަށް ހުރިނަމަ، އެމް.އެން.ޑީ.އެފް އިން އިންސްޕެކްޝަން ހެދުމަށް ފޮނުވުން.

4. އެމް.އެން.ޑީ.އެފް އިން ގޮތެއް ނިންމުމުން، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން.

5. މިނިސްޓްރީ އިން ޖަވާބު ދިނުން.

އިތުރު މަޢުލޫމާތު ހޯއްދެވުމުށް ކަމާގުޅޭ ސެކްޝަންގެ ނަންބަރު 7382601 ނުވަތަ މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.