ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ތެޔޮ ރައްކާކޮށްފައި ހުންނަ ތަންތަނަށް، ސަލާމަތީ ކަންކަން ފުރިހަމަކޮށްފައިވާ ކަމުގެ ލިޔުން ދޫކުރުން

ތެޔޮރައްކާކުރުމަށް ހަދާ ތަންތަނުގެ ކުރެހުން އެޕްރޫވްކުރުމަށްޓަކައި އެދި ސިޓީއަކާއެކު "ތެލުގެ ބާވަތްތައް ގުދަންކުރުމުގެ ހުއްދައަށް އެދޭ ފޯމް" އާއި ކުރެހުން ހުށަހަޅުއްވަންވާނެއެވެ. ރިޒޯޓެއްގައިނަމަ، މިކަންކަމަށް އެދި ހުށަހަޅުއްވާނީ މިނިސްޓްރީ އޮފް ޓޫރިޒަމް މެދުވެރިކޮށެވެ. މިދެންނެވި ޚިދުމަތްތަކަށް އެދި ހުށަހަޅުއްވާނީ [email protected] އީ-މެއިލަށެވެ. 

ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، އަމިއްލަ ފަރުދުން.

މިނިސްޓްރީ އޮފް ޑިފެންސް

"ތެލުގެ ބާވަތްތައް ގުދަންކުރުމުގެ ހުއްދައަށް އެދޭ ފޯމް" އާއި ކުރެހުން

ރަސްމީ މަސައްކަތު 7 ދުވަސް

ތެޔޮ ރައްކާކުރާ ތަންތަނަށް ލިޔުން ދޫކުރުމުގެ މަރުހަލާތައް


1. އެޕްލިކޭޝަން ހުށަހެޅުމުން، ޑޮކިއުމަންޓްތައް ހަމަތޯ ބެލުން.

2. ޑޮކިއުމަންޓް ހަމައަށް ނެތްނަމަ، އަލުން ޑޮކިއުމަންޓް ހުށަޅުމަށް ކަސްޓަމަރަށް އެންގުން. 

3. ޑޮކިއުމަންޓްތައް ހަމައައް ހުރިނަމަ، އެމް.ޑީ.އެފް އިން ބަލަޖެހޭ ބެލުންތައް ބެލުމަށް ފޮނުވުން. 

4. އެމް.ޑީ.އެފްއުން އެޕްރޫވް ކުރުމައްފަހު، މިނިސްޓްރީއިން ބަލަންޖެހޭ ކަންކަން ބެލުން. 

5. މިނިސްޓްރީ އިން ލިޔުން ދޫކުރުން. 

އިތުރު މަޢުލޫމާތު ހޯއްދެވުމުށް މިނިސްޓްރީގެ ކޯލް ސެންޓަރ ނަންބަރު 3322601 އަށް ގުޅުއްވުން އެދެމެވެ.