ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ތ. ދިޔަމިގިލީގައި ވުޒާރާއާއި އެމް.އެން.ޑީ.އެފް އިން ހިންގަމުންދާ އެކި މަޝްރޫޢުތަކާ ގުޅޭ ގޮތުން އެ ރަށު ކައުންސިލާއެކު މިއަދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިގޮތުން ދިޔަމިގިލީގައި އިމާރާތްކުރާ އެރަށު ސްކޫލުގައި އެމް.އެން.ޑީ.އެފް.ގެ ސިފައިން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ. އަދި ދިޔަމިގިލީ ކައުންސިލާއި ވުޒާރާއާއި އެމް.އެން.ޑީ.އެފް ގުޅިގެން އެ ރަށުގައި ހިންގިދާނެ ޙަރަކާތްތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވިއެވެ.
މި ބައްދަލުވުމުގައި ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް، ފާޠިމަތު މިޒްނާ ޢަލީއާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޘްއާއި ތ. ދިޔަމިގިލީ ކައުންސިލްގެ ރައީސް، އަޙްމަދު މޫސާގެ އިތުރުން، ވުޒާރާއާއި، އެމް.އެން.ޑީ.އެފް އާއި ދިޔަމިގިލީ ކައުންސިލްގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.