ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ކާރިސީ ހިރާސްތައް ކުޑަކުރުމުގައި ކުޑަކުދިންގެ ދައުރާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންފި

27 ޖޫން 2026

ކާރިސީ ހިރާސްތައް ކުޑަކުރުމުގައި ކުޑަކުދިންގެ ދައުރާ ގުޅޭ ގޮތުން ޔުނިސެފާއި އެން.ޑީ.އެމް.އޭ ގުޅިގެން ބޭއްވި ބައްދަލުވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޢާއިޝަތު ޞަފޫރާ ބައިވެރިވެވަޑައިގެންފިއެވެ. 

ޖޫން މަހުގެ 22 ން 24 އަށް ނެޕާލްގެ ކަތުމަންޑޫގައި ބޭއްވި މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ބައްދަލުވުމުގެ މައުޟޫއާ ގުޅޭގޮތުން ތަޖުރިބާއާއި މަޢުލޫމާތު ޙިއްސާކުރުމާއި، ކަމާ ގުޅޭ ފަރާތްތަކުގެ މެދުގައި ގުޅުންތައް އިތުރުކުރުމާއި، ކާރިސީ ހިރާސްތައް ކުޑަކުރުމުގައި ކުޑަކުދިންގެ ދައުރާ ގުޅޭ ގޮތުން ދެކުނު އޭޝިއާ ސަރަހައްދުގައި އެކަށައަޅާފައިވާ ސިޔާސަތުތައް ތަންފީޒުކުރުމަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމެވެ.