ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމަށް މަޝްވަރާކުރައްވައިފި

26 ޖޫން 2026

ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު ޤާއިމްކޮށްފައިވާ ގުޅުންތަކާއި ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުން ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބްލް ޙަސަން ރަޝީދާއި އެމެރިކާގެ އެކްޓިންގ ޑެޕިއުޓީ އެސިސްޓަންޓް ސެކްރެޓަރީ އޮފް ޑިފެންސް، މިސް. ލޯރީ އަބޭލް މަޝްވަރާކުރައްވައިފިއެވެ. 

އޮންލައިންކޮށް ބޭއްވި މިބައްދަލުކުރެއްވުމުގައި، ދެ ޤައުމުގެ ދެމެދުގައިވާ އިސްތިރާޖީ ދިފާޢީ ގުޅުންތައް އިތުރުކުރުމާއި ހަރުދަނާ ކުރުމަށް ގުޅިގެން ކުރެވޭނެ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. 

އަދި ސަރަޙައްދީ ދިފާޢީ ލަނޑުދަނޑިތައް ޙާސިލްކުރުމުގެ ގޮތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ، ޔޫ.އެސް – މޯލްޑިވްސް ޑިފެންސް ސެކިއުރިޓީ ޑައިލޮގްއާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.