ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިވެހި ސިވިލް ސަރވިސް ކޮމިޝަންގެ އެދިވަޑައިގަތުމަކަށް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު މިއަދު އެ ކޮމިޝަނާ ބައްދަލުކުރައްވައިފިއެވެ.
ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ، ސިވިލް ސަރވިސް މުވައްޒަފުން މަސައްކަތްކުރުމުގައި ދިފާޢީ ވުޒާރާއާ ގުޅުން ހުރި ބައެއް ކަންކަން ޙައްލު ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުންނެވެ.
އަދި ދިވެހި ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށް ވުޒާރާއާއި ދިވެހި ސިވިލް ސަރވިސް ކޮމިޝަން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ގުޅޭ ގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވިއެވެ.