ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

އެމެރިކާ އެމްބަސީގެ އައު ޝާޒޭ ދަފެއަރ ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

09 ޖޫން 2026

ދިވެހިރާއްޖޭގައި ހުންނަ އެމެރިކާ އެމްބަސީއަށް އަލަށް ޢައްޔަނުކުރެއްވި ޝާޒޭ ދަފެއަރ މރ. ޑޭވިޑް ވިލިއަމްސް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި، ދެ ބޭފުޅުން މަޝްވަރާކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި ޤާއިމްކޮށްފައިވާ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި އިސްތިރާޖީ އެއްބާރުލުން އިތުރު ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނެވެ.