ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ކަނޑުދަތުރުފަތުރުގެ ސަލާމަތާ ގުޅޭ ފަހުމުނާމާއެއްގައި ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ އާއި އޮސްޓްރޭލިއާގެ ބޯޑަރ ފޯރސް ކޮމާންޑްއާ ދެމެދު ސޮއިކޮށްފިއެވެ.
ވުޒާރާގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދެވެ.
މި ފަހުމުނާމާގެ ދަށުން، ދެ ޤައުމު ގުޅިގެން ތަމްރީނުތައް ބޭއްވުމާއި، ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމާއި، މަޢުލޫމާތާއި ތަޖުރިބާ ޙިއްސާކުރުމާ ބެހޭ އޮނިގަނޑެއް އެކުލަވާލާނެއެވެ.
މި ފަހުމުނާމާގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ދިމާވާ އެކި ކަހަލަ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ދެ ޤައުމު ގުޅިގެން އެންމެ އެދެވޭ ގޮތުގައި މަސައްކަތްކުރުމަށް މަގުފަހިކުރުމެވެ.