ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

އޮސްޓްރޭލިއާގެ ސަފީރު ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

06 މޭ 2026

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ޑޭވިޑް ޖެސަޕް، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ޤައުމުން ދިފާޢީ ދާއިރާއިން ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާ ގުޅޭގޮތުންނެވެ. އަދި ޚާއްޞަކޮށް، ކަނޑުދަތުރުފަތުރާ ގުޅޭ ސަލާމަތާއި، މީހުން ބިނާކުރުމާއި އަދި ސަރަޙައްދީ ހަމަޖެހުމަށް މުހިންމު ގިނަ މަސައްކަތްތަކެއް ދެ ޤައުމު ގުޅިގެން ކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

އޮސްޓްރޭލިއާ ސަރުކާރުން ދިވެހިރާއްޖޭގެ ދިފާޢީ ދާއިރާގެ ތަރައްޤީއަށް ދެއްވަމުން ގެންދަވާ ގިނަގުނަ އެހީތެރިކަމަށްޓަކައި، އޮސްޓްރޭލިއާ ސަރުކާރަށް ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޝުކުރު އަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ސަލާމަތީ ކަންކަމުގައި، ގުޅުންތައް ހަރުދަނާކޮށް، އެކުގައި މަސައްކަތްކުރުމުގެ މުހިންމު ކަމުގެ މައްޗަށް ވަޒީރު އަލިއަޅުއްވާލެއްވިއެވެ.