ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ސ. ހިތަދޫގައި ޤާއިމްކުރާ ރީޖަނަލް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ސެންޓަރ ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ ބެލުމުގެ ދަށުން ހިންގާ މި ސެންޓަރުގެ ސަބަބުން، މި ސަރަޙައްދުގައި ކާރިޘާތަކަށް ތައްޔާރުވުމާއި ކުއްލި ހާލަތުގައި އިޖާބަ ދިނުމާއި އަދި ގުޅިގެން ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވި ރައްޔިތުންނާއި ގާތުން އެން.ޑީ.އެމް.އޭގެ ޚިދުމަތް ދިނުމަށް މަގު ފަހިވެގެންދާނެއެވެ.
މިއީ އެން.ޑީ.އެމް.އޭގެ ޚިދުމަތް އިތުރަށް ހަރުދަނާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރެވެމުންދާ ސިލްސިލާ މަސައްކަތުގެ ތެރެއިން އެ އިދާރާއަށް ބޭނުންވާ އުމްރާނީ ވަސީލަތްތައް ޤާއިމްކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ސިލްސިލާގެ ތެރޭގައި ހިމެނޭ އެއް މަސައްކަތެވެ.