ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ދިފާޢީ ވަޒީރު މެލޭޝިއާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި

21 މޭ 2025

ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން، މެލޭޝިއާގެ މިނިސްޓަރ އޮފް ޑިފެންސް ޑަޓުކް ސެރީ މުޙައްމަދު ޚާލިދް ނޫރައްދީންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން އޮތީ މިހާރު މެލޭޝިއާގައި ކުރިއަށްދާ “ލަންކާވީ އިންޓަރނޭޝަނަލް މެރިޓައިމް އެންޑް އެރޯސްޕޭސް އެގްޒިބިޝަން 2025"ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދިވެހިރާއްޖެއާއި މެލޭޝިއާ ދެމެދު ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރައްވާފައިވެއެވެ.