ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
އޭވިއެޝަން ސެކިއުރިޓީ ކޮމާންޑް (އެވްސެކޮމް)ގެ އޭވިއޭޝަން ސެކިއުރިޓީ ބޭސިކް ކޯސް-ބެޗް 68 ގެ ނިންމުމުގެ ރަސްމިއްޔާތު، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، އޭވިއޭޝަން ސެކިއުރިޓީ ދާއިރާ ތަރައްޤީކުރުމަށް މިނިސްޓަރީ ދެއްވާ އަހަންމިއްޔަތު ފާހަގަކުރައްވައި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑްގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް އަލަށް ގުޅުނު ރެކްރޫޓުން އަދާކުރެވިދާނެ ދައުރާމެދު ވެސް ވާހަކަފުޅު ދެއްކެވިއެވެ.
މިއަދުގެ މި ރަސްމިއްޔާތުގައި، މި ކޯސް ފުރިހަމަކުރި ބައިވެރިންނަށް ޑެޕިއުޓީ މިނިސްޓަރ ސަރޓިފިކެޓް ވެސް ހަވާލުކޮށްދެއްވިއެވެ.