ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ރަޝިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ދިފާޢީ ވަޒީރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

28 އޮކްޓޯބަރު 2024

ރަޝިއާ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ލިވަން ޖަގަރްޔަން، ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫންގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިފާޢީ ވުޒާރާގައި ބޭއްވި މި ބައްދަލުވުމުގައި ދެ ބޭފުޅުން މަޝްވަރާ ކުރެއްވީ، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުމާ ގުޅޭގޮތުންނާއި ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމާމެދުއެވެ.