ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް "ހަފްތާރެސް" ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވައިފި

14 ނޮވެމްބަރު 2024

އަމާން، ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމާ ގުޅޭގޮތުން ތިނަދޫ ސިޓީގައި ބޭއްވި "ހަފްތާރެސް" ޕްރޮގްރާމް، ޑެޕިއުޓީ މިނިސްޓަރ އޮފް ޑިފެންސް ފާޠިމަތު މިޒްނާ ޢަލީ ޝަރަފުވެރިކޮށްދެއްވައިފިއެވެ. 

މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އާރޓްސްއާއި، ތިނަދޫ ސިޓީ ކައުންސިލާއި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ (އެން.ސީ.ޓީ.ސީ) ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮގްރާމް ފެށްޓުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ޤައުމު ބިނާކުރުމަށް މަގުފަހިކުރުމަށްޓަކައި ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. 

"ހަފްތާރެސް" ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި، ޕްރޮގްރާމް ނިންމެވުމުގެ ގޮތުން ވެސް ޑެޕިއުޓީ މިނިސްޓަރ ވާހަކަފުޅު ދައްކަވައި، މި ޕްރޮގްރާމް ފުރިހަމަކުރި ބައިވެރިންނަށް ސަރޓިފިކެޓް ހަވާލުކޮށްދެއްވިއެވެ.