ދިފާއީ ވުޒާރާ
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ
އިންޓަރނޭޝަން ކެޑޭޓް އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން މިހާރު ރާއްޖެއަށް ޒިޔާރަތްކުރަމުންދާ ޤައުމުތަކުގެ ކެޑޭޓް ޑެލިގޭޝަންތަކާ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޑިފެންސް މުޢާޛު ޙަލީމް ބައްދަލުކުރައްވައިފިއެވެ.
އެމް.އެން.ޑީ.އެފް.ގެ އޮޑިޓޯރިއަމްގައި މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ބައިވެރިވީ އިންޑިއާ، ނެޕާލް އަދި ސްރީލަންކާގެ ކެޑޭޓް ޑެލިގޭޝަންތަކެވެ.
މި ކެޑޭޓް ޑެލިގޭޝަންތަކުން ރާއްޖޭގެ ކެޑޭޓުންނާއެކު އެކި ހަރަކާތްތައް ބޭއްވުމުގެ އިތުރުން، ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރުމަށްވެސް ހަމަޖެހިފައިވެއެވެ.