ދިފާއީ ވުޒާރާ

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާ

ސްޓޭޓް މިނިސްޓަރ އޮފް ޑިފެންސް، ޢާއިޝަތު ޞަފޫރާ ޔޫ.އެން.ޑީ.އާރ.އާރ. ބޮން އޮފީހުގެ ވެރިޔާއާ ބައްދަލުކުރައްވައިފި

21 ނޮވެމްބަރު 2024

ސްޓޭޓް މިނިސްޓަރ އޮފް ޑިފެންސް، ޢާއިޝަތު ޞަފޫރާ ޔުނައިޓެޑް ނޭޝަންސް އޮފީސް ފޮރ ޑިޒާސްޓަރ ރިސްކް ރިޑަކްޝަން (ޔޫ.އެން.ޑީ.އާރ.އާރ.)ގެ ޖަރުމަނުވިލާތުގެ ބޮންގައި ހުންނަ އޮފީހުގެ ވެރިޔާ ޑރ. އަނިމެޝް ކުމާރުއާ ބައްދަލުކުރައްވައިފިއެވެ. 

މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވަނީ ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ޔޫ.އެން.ޑީ.އާރ.އާރ. އާ ދެމެދު ގުޅިގެން ކުރިއަށްގެންދާ އެކި މަސައްކަތްތަކާ ގުޅޭ ގޮތުންނެވެ. 

ސްޓޭޓް މިނިސްޓަރ އޮފް ޑިފެންސް، ޢާއިޝަތު ޞަފޫރާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ޑިޒާސްޓަރ މެނޭޖްމަންޓް ނިޒާމެއް ޤާއިމްކުރުމަށް ޔޫ.އެން.ޑީ.އާރ.އާރ. އިން މި ވޭތުވެދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. 

މި ބައްދަލުކުރެއްވުން ބާއްވާފައިވަނީ އަޒަރުބައިޖާންގެ ބާކޫގައި ކުރިއަށްދާ ކޮޕް29 ގެ ހަވާސާގައެވެ.