ހަވާ އެރުވުމާއި ބަޑިބޭހުގެ ކުޅިވަރު ބޭއްވުމަށްޓަކައި އެފަދަ ތަކެތި އެތެރެކުރުމުގެ ހުއްދައަށް އެދޭ ފަރާތްތަކަށް ހުއްދަ ދިނުން. އަދި ހަވާ އެރުވުމުގައި އެހީތެރިވެ ދިނުން

ޚިދުމަތުގެ ތަފްޞީލް: ހަވާ އެރުވުމަށް ނުވަތަ ބަޑިބޭހުގެ ކުޅިވަރު ބޭއްވުމަށްޓަކައި އެތެރެކުރާ ތަކެތި އެތެރެކުރުމުގެ ކުރިން މިނިސްޓްރީގެ ހުއްދަ ހޯދަންވާނެއެވެ. އަދި މިގޮތުން އެތެރެކުރާ ތަކެތި ބޭނުންކުރަން ވަންދެން ބަހައްޓަންޖެހޭނީ އެމް.އެން.ޑީ.އެފް ގެ ބެލުމުގެ ދަށުގައެވެ. އަދި ހަވާއެރުވުމަށްފަހު ބާކީވާތަކެތި ނުވަތަ ބޭނުންނުކޮށް ހުންނަ ތަކެތި އެމް.އެން.ޑީ.އެފް އާއި ޙަވާލުކުރަންވާނެއެވެ. މިތަކެތި ހަވާއަރުވާ ތަނަށް އުފުލުމާއި އެހެނިހެން ގޮތްގޮތުން ކުރަންޖެހޭ ހުރިހާ ޚަރަދެއް މިކަން ބާއްވާ ފަރާތުން ހަމަޖައްސަންވާނެއެވެ.
 
 
އިބްރާހީމް ފާއިޒު،
އެސިސްޓެންޓް ޑިރެކްޓަރ
ޓެލެފޯނު: 3322601 (އެކްޓެންޝަން: 3236/3513)
ފެކްސް: 3325525
އީ މެއިލް: admin@defence.gov.mv