އެކި ފަރާތްތަކުން ބާއްވާ އިވެންޓްތަކުގެ ފަޔަރ ސޭފްޓީ ގެ ކަންތައްތައް ބަލަހައްޓާ ދިނުން

  ޚިދުމަތުގެ ތަފްޞީލް: އެކިއެކި ސްކޫލް ތަކާއި ޢާންމު ފަރާތްތަކުން ބާއްވާ އެކިއެކި އިވެންޓްތަކުގައި ފަޔަރ ސޭފްޓީ ގެ ކަންތައްތައް ބަލަހައްޓާ ދިނުމަށް ހުށަހަޅާއިރު، އެ އިވެންޓެއް ބާއްވާ ތާރީޚްގެ 1 ހަފްތާ ކުރިން ހުށަހަޅަންވާނެއެވެ. މިގޮތުން ހުށަހަޅާއިރު، އެ އިވެންޓް ބާއްވަނީ ކޮންކަމަކާގުޅިގެން، ކޮންތަނެއްގައި، ކޮންތާރީޚެއްގައި ކަން ބަޔާންކުރަންވާނެއެވެ.
  ޚިދުމަތަށް އެދެންޖެހޭ ގޮތް: މި ޚިދުމަތަށް އެދެންޖެހޭނީ ސިޓީއަކުންނެވެ. މި ސިޓީގައި އެ އިވެންޓެއް ބާއްވާ ތާރީޚާއި ތަން ބަޔާންކުރަންވާނެއެވެ. އަދި އިވެންޓް ބޭއްވުމުގެ 1 ހަފްތާކުރިން ޚިދުމަތަށް އެދި ހުށަހަޅަންވާނެއެވެ.
އިތުރު މަޢުލޫމާތު: މި ޚިދުމަތާބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ތިރީގައިވާ ފަރާތާ ގުޅުންވުން އެދެމެވެ.
 
އިބްރާހީމް ފާއިޒު،
އެސިސްޓެންޓް ޑިރެކްޓަރ
ޓެލެފޯނު: 3322601 (އެކްޓެންޝަން: 3236/3513)
ފެކްސް: 3325525
އީ މެއިލް: admin@defence.gov.mv