ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދު (ގްރީން ޒޯން) ގެ ގޭގޭގައި މައްޗަށް އަރައިގެން ކުރަންޖެހޭ މަސައްކަތްކުރުމުގެ ހުއްދަ ދޫކުރުން.

ހިދުމަތުގެ ތަފްސީލް: ގްރީން ޒޯންހިމެނޭ ސަރަހައްދުގައި ހުންނަ ގެތަކުގައި، ގްރީން ޒޯނަށް ވާ ފަޅީގައި ކުރަން ބޭނުންވާ މަސައްކަތް ކުރުމުގެ ހުއްދައަށް އެދި ފޮނުވާސިޓީ ތަކަށް ބަންދުދުވަސްތައް ނުހިމަނާ 2 ދުވަހުގެ ތެރޭގައި ހުއްދައިގެ ކަންތައް ހަމަޖައްސައި ދެވޭނެއެވެ. އަދި އަވަސް ކަމެއް ނަމަ، އެގެއެއްގެ ވެރިފަރާތުން ފޯނުން ގުޅުމުން ލަސްވެގެން 30 މިނެޓް ތެރޭގައި ހުއްދައިގެ ކަންތައް ހަމަޖައްސައި ދެވޭނެއެވެ.

މިގޮތައް ހުއްދަ ދިން ކަމުގައި ވީނަމަވެސް ސިފައިންގެ ހިންގާ އޮޕަރޭޝަނަކާ ގުޅިގެން އެވަގުތަކަށް މަސައްކަތް ހުއްޓާލަން ޖެހިއްޖެނަމަ ވަގުތުން މަސައްކަތް ހުއްޓާލަން ޖެހޭނެކަން މަސައްކަތް ކުރާ ފަރާތަށް އެންގިފައި ވާން ވާނެއެވެ.

 

ހިދުމަތަށް އެދެންޖެހޭ ގޮތް: މި ހިދުމަތަށް އެދޭނީ ކަމާއި ގުޅޭ ތަފްސީލުތައް ކުރައްވާ ސިޓީއަކުންނެވެ.

 

މި ހިދުމަތާ ގުޅޭގޮތުން އިތުރު މައުލޫމާތު ހޯއްދެވުމަށް:

އަޙްމަދު ޝިޔާއު

ޑިރެކްޓަރ

3322118

*ބަންދުގަޑީގައި އަވަސް ހިދުމަތް ބޭނުންވެލައްވާނަމަ ގުޅުއްވާނީ (9886134)