ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

News statement 13-02-2018

އިޢުލާން

ސިފައިންގެ ވަޒީފާގެ ފުރުޞަތު

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ކައްދޫ އެއަރޕޯޓުގެ ސީ.އައި.ޕީ ލައުންޖަށް ބޭނުންވާ ފަރުނީޗަރު ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަޙައްދު ތަކާއި، ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އޮޕަރޭޓް ކުރުމުގެ ހުއްދަ ދޫކުރުން

ޚިދުމަތުގެ ތަފްޞީލް: ސަލާމަތީ ސަބަބުތަކަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ސަލާމަތީ ކަންކަން ބަލަހައްޓާ ސަރަޙައްދު ތަކާއި، ރާއްޖޭގެ ވައިގެ ބަނދަރުތަކުގައި އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ނުވަތަ ޑްރޯން އޮޕަރޭޓް ކުރުން މަނާކޮށް، މިސަރަހައްދުތަކުގައި ޑްރޯން އޮޕަރޭޓް ކުރަން ބޭނުން ނަމަ، މި މިނިސްޓްރީގެ ޙާއްޞަ ހުއްދައެއް ނަގަންޖެހޭ ގޮތަށް ހަމަޖައްސާ، މިކަން މި މިނިސްޓްރީގެ ނަންބަރ (IUL)28-LA-1/1/2016/52 (09 ޖޫން 2016) އިޢުލާނުން ވާނީ އާއްމު ކުރެވިފައެވެ. އެހެން ކަމުން، އެ އިޢުލާނުގައި ދެންނެވިފައިވާ ސަރަޙައްދުތަކުގައި ޑްރޯން އޮޕަރޭޓްކުރުމުގެ ހުއްދައަށް އެދިލައްވާނީ މި ޚިދުމަތަށް އެދި ހުށަހަޅުއްވަން ޙާއްޞަ ކުރެވިފައިވާ ފޯމް އިންނެވެ.

 

ޚިދުމަތަށް އެދެންޖެހޭ ގޮތް: މި ޚިދުމަތަށް އެދި ހުށަހަޅުއްވަން ވަނީ "ޑްރޯން އޮޕަރޭޓް ކުރުމުގެ ހުއްދައަށް އެދޭ ފޯމް" އިންނެވެ.

 

މީގެ އިތުރުން، މިސަރަހައްދު ތަކުގައި ޑްރޯން އޮޕަރޭޓްކުރުމަށް މިނިސްޓްރީއިން ދޫކުރާ ހުއްދައިގެ އިތުރަށް މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދަވެސް ނަގަންވާނެއެވެ.

 

އިތުރު މަޢޫލޫމާތު: މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

 

ޙިފްޒާ އިބްރާހީމް

އެސިސްޓަންޓް ޑިރެކްޓަރ

ފޯން:   601 3322 960+

ފެކްސް: 525 3325 960+

އީ-މެއިލް: admin@defence.gov.mv