ރާއްޖެއަށް އެތެރެކުރެވޭ ނުރައްކާތެރި ކެމިކަލްތައް ރައްކާ ކުރާ ގުދަން ޗެކުކުރުން

ޚިދުމަތުގެ ތަފްސީލް: ޤާނޫނު ނަންބަރު 4/75 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ހ) ގެ ދަށުން ދިވެހިރާއްޖެއަށް ގެނައުން މަނާކުރެވިފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ނުރައްކާތެރި ކެމިކަލާއި، އެފަދަ ކެމިކަލްތަކުން އުފައްދާ އެސިޑާއި، ބާވަތްބާވަތުގެ ވިހަ، ދިވެހިރާއްޖެއަށް ގެނެސް އަދި ގެންގުޅެ ހަދަންވާނީ މި މިނިސްޓްރީ އިން ކަނޑައަޅާ ގަވާއިދަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ. މިގޮތުން ރާއްޖެ އެތެރެކުރާ ކެމިކަލްތައް ރައްކާކުރާ ގުދަނަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ފަޔަރ އެންޑް ރެސްކިޔު ސަރވިސް އިން ކަނޑައަޅާފައިވާ ސަލާމަތީ މިންގަނޑަށް ފެތޭ ގުދަނަކަށް ވާންވާނެއެވެ. އަދި މިފަދަ ކެމިކަލްތައް ރާއްޖެ އެތެރެކުރުމަށް ހުއްދަ ދެވޭނީ އެތަކެތި ރައްކާކުރާ ގުދަންތައް އިސްވެ ދެންނެވުނު މިންގަނޑަށް ހުރިތޯ ބެލުމަށް ފަހުގައެވެ.

 

ޚިދުމަތަށް އެދެންޖެހޭ ގޮތް: ރާއްޖެ އެތެރެކުރެވޭ ކެމިކަލްތައް ރައްކާކުރާ ގުދަން ޗެކުކުރުމަށް އެދި ހުށަހަޅުއްވާނީ "ކެމިކަލް ރައްކާކުރާ ގުދަނުގެ ހުއްދައަށް އެދޭ ފޯމް" އިންނެވެ.

 

އިތުރު މަޢޫލޫމާތު: މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

 

އަޙްމަދު މިރުޒާ ޝަކީބް

އެސިސްޓަންޓް ޑިރެކްޓަރ

ފޯން:   601 3322 960+

ފެކްސް: 525 3325 960+

އީ-މެއިލް: admin@defence.gov.mv