ވާލާއި ކާޅު މަދުކުރުމުގެ ޕްރޮގްރާމް ހިންގައިދިނުން

ޚިދުމަތުގެ ތަފްޞީލް: ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްތަކާއި އަދި ފަތުރުވެރިކަމަށް ދޫކުރެވިފައިވާ ރަށްތަކަށް ވާލާއި ކާޅު މަދުކުރުމުގެ ޕްރޮގްރާމް މި މިނިސްޓްރީއިން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) މެދުވެރިކޮށް ހިންގައިދެމެވެ. މި ހިދުމަތަށް މި މިނިސްޓްރީގައި އެދެންވާނީ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) ގެ ހުއްދައާއެކު ސިޓީއަކުންނެވެ.

 

މި ޕްރޮގްރާމް ރާއްޖޭގެ މީހުން ދިރިއުޅުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ރަށެއްގައި ހިންގުމަށް އެދެންވާނީ، ސަރުކާރުގެ ކަމާއި ގުޅުންހުރި މިނިސްޓްރީއަކުން ނުވަތަ ކައުންސިލަކުން ނެވެ.

 

އަދި މި ޕްރޮގްރާމް ސަރުކާރުން ސިނާއީ މަސައްކަތަކަށް ނުވަތަ ފަތުރުވެރިކަމަށް ދޫކުރައްވާފައިވާ ރަށެއްގައި ހިންގުމަށް އެދޭއިރު، ހިދުމަތަށް އެދޭ ފަރާތުން މި މިޕްރޮގްރާމް ހިންގުމަށް ދާ ހުރިހާ ޚަރަދެއް ކުރައްވަން އެއްބަސްވާކަމުގެ ލިޔުން ހުށަހަޅުއްވަން ވާނެއެވެ.

 

ޚިދުމަތަށް އެދެންޖެހޭ ގޮތް: މި ޚިދުމަތަށް އެދެންޖެހޭނީ ސިޓީއަކުންނެވެ.

 

އިތުރު މަޢޫލޫމާތު: މި ޚިދުމަތާބެހޭގޮތުން ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ ގުޅުއްވާނީ:

 

ޙިފްޒާ އިބްރާހީމް

އެސިސްޓަންޓް ޑިރެކްޓަރ

ފޯން:   601 3322 960+

ފެކްސް: 525 3325 960+

އީ-މެއިލް: admin@defence.gov.mv