ސޫދާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ސޫދާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ހިސް އެކްސެލެންސީ މިސްޓަރ ސިރާޖުއްދީން ޙާމިދު ޔޫސިފް، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އަލްފާޟިލް އާދަމް ޝަރީފް ޢުމަރުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 

ބަންޑާރަކޮށީގައި މިއަދު ހެނދުނު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާއި އަސްކަރީ ދާއިރާއިން ސިފައިން ތަމްރީނު ކުރުމާއި ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

 

ސޫދާން ސަފީރު ދެއްކެވި ވާހަކަފުޅުގައި ދިވެހި ސިފައިންނަށް ތަމްރީން ފުރުޞަތުތަކާއި ސްކޮލަޝިޕްގެ ފުރުޞަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

 

މި ބައްދަލުކުރެއްވުމުގައި މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ޒުހައިރު  ބައިވެރިވެވަޑައިގެންނެވިއެވެ.