ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ނޫސް ބަޔާން (PR)28-AD-3/PRIV/2019/3

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވަގުތީ) A2 Form

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

އިޢުލާން

ގަވާއިދު ނަންބަރު 2019/R-1057 (ނުރައްކާތެރި ކެމިކަލާބެހޭ ގަވާއިދު 2019) އަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގެ 5 ވަނަ މާއްދާގައިވާ ޖަދުވަލު 3 (ކެމިކަލް ރައްކާކުރާ ގުދަން ހުންނަން ޖެހޭގޮތް) ގެ ތެރެއިން، ގުދަންހެދުމުގެ މިންގަޑުގައި ހިމެނޭ ބައެއް ކަންކަން ފުރިހަމަ ކުރުމަށް ދެވޭ މުއްދަތު އިތުރުކުރުން.

ވަޒީފާގެ ފުރުޞަތު - ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރު 4/75 ) ގެ 5 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރުމަށާއި ބޭނުންކުރުމަށް ދޭ ހުއްދައިގާ ސްޓޭމްޕް ޖެހުން

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

އެމްއެންޑީއެފްގެ 65 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތު މިނިސްޓަރ އޮފް ޑިފެންސް ޝަރަފުވެރިކޮށްދެއްވުން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯރސްގެ 65 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ޝަރަފުވެރިކޮށްދެއްވައިފިއެވެ.

 

ހޮނިހިރު ދުވަހު، ގިރިފުށީ ޓްރެއިނިންގ ސެންޓަރުގައި ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ، ދިވެހި ސިފައިންގެ މައިންބަފައިންނަށާއި އާއިލާތަކަށް، ޚާއްޞަ ޝުކުރެއް ރައްދުކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، ނުހަނު ލޯބިން ބަލާބޮޑުކުރާ ދަރިފުޅު، ދީނާއި ޤައުމުގެ ދިފާޢުގައި، ހަށިގަނޑާއި ފުރާނައިން ޤުރުބާންވުމަށް، ހަދިޔާކުރާ ކުރުން ދަޢުލަތުން ބަލައިގަންނަނީ، ނުހަނު ޝުކުރުވެރިކަމާއި އިޙްތިރާމާ އެކީގައި ކަމަށެވެ.

ސިފައިންގެއާ އަލަށް ގުޅުނު ސިފައިންނާ މުޚާތަބު ކުރައްވަމުން، މިނިސްޓަރ މާރިޔާ ވަނީ އަސްކަރީ ޔުނިފޯމާ ގުޅިފައިވާ މަތިވެރި ވާޖިބުތަކާ ޒިންމާތަކުގެ މަތިން ހަނދާންކޮށްދެއްވާފައެވެ. މިގޮތުން، އަސްކަރީ ޔުނިފޯމް ލުމަށްފަހު، ކޮންމެ ކުއްޖެއްގެ އަމިއްލަ ފަރުދީ ޝަޚްޞިއްޔަތުގެ މައްޗަށް އިސްވާނީ، އޭނާއަކީ ދިވެހި ޤައުމީ ދިފާޢީ ބާރަށް ނިސްބަތްވާ ދިވެހި ސިފައިންގެ މީހެއްކަމުގައި ވާކަން ކަމަށް، މިނިސްޓަރ ވިދާޅުވިއެވެ.

 

މި ރަސްމިއްޔާތުގައި މިނިސްޓަރުގެ އިތުރުން، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، ޖެނެރަލް އޮފިސަރުންނާއި، ސިފައިންގެ އެކި ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން، އަސާސީ ތަމްރީން ކޯސް ފުރިހަމަކުރި ސިފައިންގެ އާއިލާތަކުގެ މެންބަރުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.