މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، އޮސްޓްރޭލިޔާގެ މިނިސްޓަރ ފޮރ ޑިފެންސް ލިންޑާ ރެނޯލްޑްސާ ބައްދަލުކުރައްވައިފިއެވެ.
އޮސްޓްރޭލިޔާގެ ވެރިރަށް ކެންބެރާގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، ދެޤައުމުގެ ދިފާޢީ ވަޒީރުންވަނީ، އޮސްޓްރޭލިޔާ އާއި ދިވެހިރާއްޖެ ހިމެނޭ އިންޑޯޕެސިފިކް ސަރަޙައްދަކީ ރައްކާތެރި ސަރަޙައްދެއްގެ ގޮތުގައި ބޭއްވުމަށާއި، ދެޤައުމުގެ ޑިފެންސް ސެކްޓަރގެ ގުޅުން އިތުރަށް ފުޅާކޮށް، ބަދަހިކުރެވޭނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.