ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

މިނިސްޓަރ އޮފް ޑިފެންސް "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު" އިފްތިތާޙުކޮށްދެއްވައިފި

2019-07-11

 

ދިވެހިރާއްޖޭގެ ޒުވާނުންގެ ދުޅަހެޔޮކަމާއި ކުރިއެރުމަށް ހުރި ގޮންޖެހުންތަކުގެ މައްޗަށް، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއެންޑީޕީ މޯލްޑިވްސުން ގުޅިގެން، ޖަޕާނު ސަރުކާރުގެ އެހީއާއެކު، ތައްޔާރުކޮށްފައިވާ ދިރާސާ ރިޕޯޓް "ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް" މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އިފްތިތާޙުކޮށްދެއްވައިފިއެވެ.

 

ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ހެނދުނު އޮތް ޙަފްލާއެއްގައި، މި ރިޕޯޓު އިފްތިތާޙު ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައި، އެކަމަނާ ވިދާޅުވީ، ގޭންގު މާރާމާރީއާއި ވަޒީފާ ނެތުމާއި މަސްތުވާތަކެތީގެ ވަބާ ފަދަ، ދިވެހިރާއްޖޭގެ ޒުވާނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތައް ޙައްލުކުރުމަށްޓަކައި ސިޔާސަތު ކަނޑައަޅާއިރު، މިފަދަ ދިރާސާތަކުގެ ބޭނުން، ކަމާބެހޭފަރާތްތަކުން ހިއްޕަވާނެކަމަށް އުންމީދުކުރައްވާ ކަމަށެވެ.

 

އިތުރަށް ވާހަކަފުޅުދައްކަވަމުން އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ޒުވާނުންނަކީ އެމީހުން އިޚްތިޔާރުކުރާ ކޮންމެ ދާއިރާއަކުންވެސް، ހާސިލްކުރެވެން އޮތް އެންމެ މަތީ ފަންތިއަށް ވާސިލްވުމުގެ ޤާބިލްކަން ލިބިފައިވާ ބައެއް ކަމަށާއި މުޖްތަމަޢުގައި ހުރި މައްސަލަތަކުން އަރައިގަނެވޭނެ އަލިމަގެއް ފެންނާނެކަމުގެ އުންމީދު އޮތްކަމަށް ޒުވާނުން ޤަބޫލުކުރާކަން ދިރާސާއިން ހާމަވާތީ، އެކަމާ އުފާކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.

 

ޔޫތު ވަލްނެރަބިލިޓީ އެސެސްމެންޓް ރިޕޯޓު އިފްތިތާޙުކުރުމަށް ބޭއްވި ޙަފްލާގައި މިނިސްޓަރ އޮފް ޑިފެންސްގެ އިތުރުން، ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއިގެ އިތުރުން ނޭޝަނަލް ކައުންޓަރ ޓެރަރިޜަމް ސެންޓަރުގެ އިސް ވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.