ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާގެ ސިޔާސީ ގުޅުމަށް 45 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް ވާހަކަފުޅު ދައްކަވައިފި

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާ އާ ދެމެދު ސިޔާސީ ގުޅުން ޤާއިމްވިތާ 45 އަހަރު ފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވާހަކަފުޅު ދައްކަވައިފި އެވެ.

މިއަދު ހަވީރު، ހޮޓެލް ޖެންގައި އޮތް ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން، މިނިސްޓަރ މާރިޔާ ވަނީ ދެޤައުމުގެ ޒަމާންވީ ގާތް ގުޅުން ފާހަގަކުރައްވާފައެވެ. މިގޮތުން، އޮސްޓްރޭލިޔާގެ އެހީތެރިކަން ދިވެހިރާއްޖެއަށް ލިބޭ ތަފާތު ދާއިރާތައް ފާހަގަކުރައްވަމުން، މިނިސްޓަރ މާރިޔާ ވިދާޅުވީ، އޮސްޓްރޭލިޔާ އަކީ ދިވެހިރާއްޖެ ތަރައްޤީކުރުމަށް ކުރާ މަސައްކަތުގައި ވަރަށް މުހިންމު ބައިވެރިއެއް ކަމަށެވެ. މިނިސްޓަރުގެ ވާހަކަފުޅުގައި، އެކަމަނާ ވަނީ އޮސްޓްރޭލިޔާއަކީ ރާއްޖެއާ ފަސްހާހެއްހާ މޭލު ދުރުގައި އޮތް ޤައުމެއް ކަމަށް ވިޔަސް، މި ދެޤައުމަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ ދެ ޤައުމުކަމަށް ވުމުން، މިއީ އަވަށްޓެރި ދެޤައުމުކަން ފާހަގަކުރައްވާފައެވެ.

ދިވެހިރާއްޖެއާއި އޮސްޓްރޭލިޔާގެ ސިޔާސީ ގުޅުމަށް 45 އަހަރުފުރުމާ ގުޅިގެން، މިއަދު ހެނދުނު، އެޤައުމުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ހޮލީ ވަނީ މިނިސްޓަރ އޮފް ޑިފެންސްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ.

މީގެ އިތުރުން، ދެޤައުމުގެ ސިޔާސީ ގުޅުމަށް 45 އަހަރުފުރުން ފާހަގަކުރުމުގެ މުނާސަބަތުގައި، އޮސްޓްރޭލިޔާގެ އެޗް.އެމް.އޭ.އެސް ބެލަރެޓް ނަމަކަށް ކިޔާ މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ޕޯލް ޖޯންސަންގެ ދަޢުވަތަކަށް، މިއަދު މެންދުރުފަހު، އެކަމަނާ ވަނީ އެމަނަވަރަށް ޒިޔާރަތްކުރައްވާފައެވެ.