ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ޑިފެންސް މިނިސްޓްރީން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން ބައްދަލުވުމެއް ބާއްވައިފި

 

މިނިސްޓްރީ އޮފް ޑިފެންސުން ނޫސްވެރިންނަށް މަޢުލޫމާތު ދިނުމުގެ ގޮތުން، "ނުވަގަޑި އެޓް ޑިފެންސް"ގެ ނަމުގައި ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފިއެވެ.

 

"ނުވަގަޑި" އަކީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙުގެ އިސްނެންގެވުމުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެންގެވުމާއެކު، ދަޢުލަތުގެ ހުރިހާ ވުޒާރާތަކާއި ރާއްޖޭގައި ޙަރަކާތްތެރިވާ މީޑިޔާތަކާ ދެމެދު އޮތް ގުޅުން ބަދަހިކޮށް، ނުރަސްމީ ވެށްޓެއްގައި، ވީހާވެސް ގާތުން، މަޢުލޫމާތު ފޯރުވައިދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

 

"ރައްޔިތުންގެ ޚިދުމަތުގައި ސިފައިން"، މި ޝިޢާރުގެ ދަށުން، މިއަދު ހެނދުނު ބަނޑާރަކޮށީގައި ބޭއްވި މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުގައިވާ އެންމެ ބޮޑު މުއައްސަސާ ކަމަށްވާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފްގެ އިތުރުން، ކޯސްޓްގާޑު، މެރިންކޯރ އަދި ސަރވިސް ކޯރގެ ކޮމާންޑަންޓުންނެވެ.

 

"ނުވަގަޑި އެޓް ޑިފެންސް"ގެ ނަމުގައި ކުރިއަށްގެންދާ މި ސިލްސިލާ ބައްދަލުވުންތަކުގައި، މިނިސްޓްރީ އޮފް ޑިފެންސްގެ ބެލުމުގެ ދަށުގައިވާ އެހެނިހެން އިދާރާތަކުގެ އިސްވެރިން ބައިވެރިވެ، މީޑިއާތަކަށް މަޢުލޫމާތު ޙިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.