ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ނޫސް ބަޔާން (PR)28-AD-3/PRIV/2019/3

އެސިސްޓެންޓް އެކައުންޓްސް އޮފިސަރ (ވަގުތީ) A2 Form

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް

ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު (ޤާނޫނު ނަންބަރު 4/75 ) ގެ 5 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖެއަށް ތަކެތި އެތެރެކުރުމަށާއި ބޭނުންކުރުމަށް ދޭ ހުއްދައިގާ ސްޓޭމްޕް ޖެހުން

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

އެކުވެރި އަރަބި އިމާރާތަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގެންފި

އެކުވެރި ޢަރަބި އިމާރާތުގެ ނާއިބް ރައީސް، ރޫލަރ އޮފް ދުބާއީ އަދި މިނިސްޓަރ އޮފް ޑިފެންސް، ހިސް ހައިނަސް ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ޔޫއޭއީއަށް ކުރެެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ރާއްޖެ ވަޑައިގެންފިއެވެ.

 

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯރޓުން އެކަމަނާއަށް މަރުޙަބާ ދެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފެވެ.

އެކަމަނާގެ މިދަތުރުފުޅުގައި އަބޫދާބީގައި ބޭއްވުނު އިންޓަރނޭޝަނަލް ޑިފެންސް އެގްޒިބިޝަން އެންޑް ކޮންފަރެންސްގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޑިފެންސް މިނިސްޓަރުގެ މިދަތުރުފުޅުގައި އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ޑިފެންސް ހިސް އެކްސެލެންސީ މުޙައްމަދު ބިން އަޙްމަދު އަލް ބަވަރްދީއާއި، ޔޫއޭއީގެ ހިދާޔާ ސެންޓަރގެ އިސް ފަރާތްތަކާ ބައްދަލު ކުރައްވާފައި ވެއެވެ. އަދި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާއި ޔޫއޭއީގެ ހިދާޔާ ސެންޓަރާއި ދެމެދު މީހުން ބިނާކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމާ ބެހޭގޮތުން އެއްބަސްވުމެއްގައި ޑިފެންސް މިނިސްޓަރ ވަނީ ސޮއިކުރައްވާފައެވެ.

 

ޑިފެންސް މިނިސްޓަރުގެ މިދަތުރުފުޅުގައި، ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީ އަދި މިނިސްޓަރގެ ޕްރިންސިޕަލް ސްޓާފް އޮފިސަރ ކާނަލް ޢަބްދުލްމަތީން އަޙްމަދާއި، އެމްއެންޑީއެފް މާލެ އޭރިޔާގެ ކޮމާންޑަރ ކާނަލް ޢަބްދުލް ރައޫފާއި، ސާޖަންޓް މޭޖަރ  އޮފް އެމްއެންޑީއެފް، ކޮމާންޑް ސާޖަންޓް މޭޖަރ އަޙްމަދު ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.