މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ، ރަސްމީ ދަތުރުފުޅެއްގައި އިންޑިއާއަށް މިއަދު ހެނދުނު ފުރާވަޑައިގަންނަވައިފިއެވެ.
ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދުދީދީ ކުރައްވާ މި ދަތުރުފުޅުގައި، ދިފާޢީ އަދި އަސްކަރީ ދާއިރާއިން ދިވެހިރާއްޖެއާއި، އިންޑިއާ ސަރުކާރާއި ދެމެދު އޮންނަ އަސްކަރީ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން އިންޑިއާ ސަރުކާރާއެކު މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެ ކަމަނާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހުއެވެ.
މި ދަތުރުފުޅުގައި އެ ކަމަނާގެ އަރިހުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން އެންޑް ޕޮލިސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ކާނަލް ޢަބްދުލްމަތީން އަޙްމަދު އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޕްރިންސިޕަލް ޑައިރެކްޓަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ސަލީމް ބައިވެރިވެވަޑައިގަންނަވައެވެ.