ޑިފެންސް މިނިސްޓަރ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޒިޔާރަތްކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް  މިއަދު ޒިޔާރަތްކުރައްވައިފިވައިފިއެވެ.

 

ޑިފެންސް މިނިސްޓަރ މިއަދު  މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ކުރެއްވި ޒިޔާރަތުގައި ކަސްޓަމްސްގެ އިސްވެރިންނާ ވަނީ ބައްދަލުކުރައްވާފައެވެ. މިބައްދަލު ކުރެއްވުމުގައި ކަސްޓަމްސްއިން ދެމުންގެންދާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާ ޚިދުމަތްދިނުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުންނާ ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.