ޑިފެންސް މިނިސްޓަރ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

 

ޑިފެންސް މިނިސްޓަރގެ މި ޒިޔާރަތުގައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި އެތަނުގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް ސެންޓަރގައި މަސައްކަތްތައް ކުރިއަށްދާ ގޮތާއި އެތަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.