އެކްސަސައިޒް ދޯސްތީގެ ކަނޑުމަތީ ތަމްރީނުތައް ޑިފެންސް މިނިސްޓަރ ބައްލަވާލައްވައިފި

އެކްސައިޒް ދޯސްތީގެ ކަނޑުމަތީ ތަމްރީނުތައް މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ބައްލަވާލައްވައިފިއެވެ.

 

މިއަދު ހެނދުނުން ފެށިގެން ކުރިއަށްގެންދާ ކަނޑުމަތީގެ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް އިންޑިއަން ކޯސްޓްގާޑް ޝިޕް ސަމަރުއަށް ޑިފެންސް މިނިސްޓަރ ވަޑައިގެންފައި ވަނީ އިންޑިއާގެ ކޯސްޓްގާޑް ހެލިކޮޕްޓަރެއްގައެވެ.

 

މި އެކްސަސައިޒް ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރ އިންޑިއަން ކޯސްޓްގާޑް ޝިޕް ސަމަރު އަށް އަރާވަޑައިގެންނެވުމުން، މިއަދު ހިންގި އެކްސަސައިޒް ކުރިއަށްދާނެ ގޮތުގެ ތަފްޞީލްވަނީ އަރުވާފައެވެ.

އެކްސަސައިޒް ދޯސްތީގެ ކަނޑުމަތީގެ ތަމްރީނުތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑިއެފް ކޯސްޓްގާޑްގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް ޢަލީ ޒުހައިރުގެ އިތުރުން އިންޑިއާ ކޯސްޓްގާޑުގެ ޑައިރެކްޓަރ ޖެނެރަލް، ރަޖެންދްރަ ސިންހް ވަނީ އިންޑިއަން ކޯސްޓްގާޑްގެ ޝިޕް ސަމަރުއަށް ވަޑައިގަންނަވާފައެވެ.

 

ދިވެހިރާއްޖެ، އިންޑިއާ، ސްރީލަންކާގެ ކޯސްޓްގާޑު ގުޅިގެން މިމަހުގެ 26 ގައި ފެށި "ޓްރައިލެޓަރަލް އެކްސްސައިޒް ދޯސްތީ 14" ނިންމާލުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.