ޕްރެސް އޮފީސް

ސަރކިއުލާތައް

ދިވެހިރާއްޖެއަށް އަންނަ އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ގެންނަ ހަތިޔާރާބެހޭ

ޢާއްމު ކުރެވޭ ލިއުން

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 13-05-2019

ޑިފެންސް މިނިސްޓްރީގެ ނޫސް ބަޔާން 07-02-2019

News Statement (English) - 28/2/2018

News Statement 28-2-2018

ANNOUNCEMENT 20-02-2018

ނޫސް ބަޔާން 20-02-2018

އިޢުލާން

ވަޒީފާގެ ފުރުޞަތު - ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަންގެ މަޤާމުތަކަށް މީހުން ހޯދުން.

މިނިސްޓްރީން ޚިދުމަތް ދިނުމުގައި ބޭނުންކުރަމުންދާ ފޯން ލައިންތަކާއި ގުޅޭ

ފަޔަރ އެމަރޖެންސީ އޮޕަރޭޝަން ޕްލޭނަށް އަހުލުވެރިކުރުމުގެ ގޮތުން 2017 ސެޕްޓެމްބަރ 29 އިން 30 އަށް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ތިލަފުށީގައި ކުރިއަށްގެންދާ ފަރިތަކުރުންތަކާއި ގުޅޭ

ސިފައިން ސެކިއުރިޓީ ބަލަހައްޓާ ސަރަހައްދުތަކާއި، އެއަރޕޯޓްތައް ހިމެނޭ ސަރަޙައްދުތަކުގައި، އަންމޭންޑް އޭރިއަލް ވެހިކަލް ނުވަތަ ޑްރޯން ފަދަތަކެތި އޮޕަރޭޓް ކުރުމާބެހޭ

ކައްދޫ އެއަރޕޯޓުގެ ޕެސެންޖަރ ޓާމިނަލްގައި ހަރުކުރުމަށް ބޭނުންވާ އެލްމިނިއަމް ދޮރުތައް ޖަހައިދޭނެ ފަރާތެއް ހޯދުން

ޑިފެންސް މިނިސްޓަރ ސިފައިންނާ ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ސިފައިންނާ ބައްދަލު ކުރައްވައިފިއެވެ.

 

ޑިފެންސް މިނިސްޓަރ ސިފައިންނާ ބައްދަލުކުރައްވާފައި ވަނީ ކަޅުތުއްކަލާކޮށީގެ ހެވިކަމުގެ މައިދާނުގައި މިރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ބައްދަލުކޮށްލެއްވުމަކީ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދިފާޢީ ވަޒީރު ކަމާއި ހަވާލުވެވަޑައިގެންނެވުމަށްފަހު ދިވެހި ސިފައިންނާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ. މިރަސްމިއްޔާތުގައި މަރުޙަބާއާއި ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އެވެ.

 

މިރޭގެ ޖަލްސާގައި ޑިފެންސް މިނިސްޓަރ ވަނީ ސިފައިންނާ މުޚާޠަބުކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. ޑިފެންސް މިނިސްޓަރގެ ވާހަކަފުޅުގައި ޑިފެންސް މިނިސްޓަރ ޒިންމާގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވަމުން ޤާނޫނޫ އަސާސީއިން ސިފައިންނާ މަތިކޮށްފައިވާ އެންމެހާ ކަންކަން ޤާނޫނީ ހަމަތަކުގެ މަތިން ހިނގާނުހިނގާގޮތް ބެއްލެވުމަކީ ޑިފެންސް މިނިސްޓަރުގެ އެންމެ ބޮޑު ޒިންމާ ކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން

ސިފައިންގެ ޚިދުމަތް އާންމު ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ވީހާވެސް ދެފުށް ފެންނަ ގޮތުގައި ޚިދުމަތް ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ. އަދި ސިފައިން ޤައުމަށް ޚިދުމަތް ކުރުމުގައި އަމާނާތްތެރިކަމާއެެކު މަސްޢޫލިއްޔަތާ ވާޖިބުތައް އަދާކުރުމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައި ވެއެވެ.

 

މިރޭ ބޭއްވި މިބައްދަލުވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްއާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ބައިވެރިވެފައިވެއެވެ. މި ޖަލްސާ ނިންމާލާފައި ވަނީ ޚާއްޞަ ދުޢާއަކަށްފަހު ސިފައިންގެ ލަވައިންނެވެ.  އަދި ޖަލްސާއަށް ޙާޟިރުވި ހުރިހާ ސިފައިންނާ ޑިފެންސް މިނިސްޓަރ ވަނީ ސަލާމްކުރައްވާފައެވެ.